ވިސާނެތި ރާއްޖޭގައި އެތައް އަހަރެއް ވަންދެން ދިރިއުޅެމުން އައި ފްރާންސްގެ 6 މީހުންގެ އާއިލާއެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖެއިން ފޮނުވާލައިފިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ތ. ވޭމަންޑޫގައި 12 އަހަރު ވަންދެން ދިރިއުޅެމުން އައި މިއާއިލާއާ ބެހޭ މަޢުލޫމާތު "އިމިގްރޭޝަން ވޮޗް" އަށް ލިބުނީ މިއަހަރުގެ ޖުލައި 18 ވަނަ ދުވަހުކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެރަށުގެ ރައްޔިތުންގެ ބުނުމުން، މިއާއިލާ އެރަށުގައި ދިރިއުޅެމުން އައިތާ މިހާރު 12 އަހަރު ވަނީ ވެފައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި މިއާއިލާއިން ރާއްޖޭގެ ރަށްވެހިކަން ދިނުމަށް އެދުނެވެ. ނަމަވެސް ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް ރާއްޖޭގެ ރަށްވެހިކަން ނުދޭނެކަން އިމިގްރޭޝަނުން އެންގުމާ ގުޅިގެން، ރަށްވެހިކަން ނުލިބޭނަމަ އެމީހުން ފުރުވާލުމަށް އެދުނެވެ.
މިމަހުގެ 25 ވަނަ ދުވަހު މިއާއިލާ ރާއްޖެއިން ފޮނުވާލާފައިވާއިރު، އެމީހުން ފޮނުވާލީ ކޮން ޤައުމަކަށްކަން އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ