މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ޖޫރިމަނާ ފައިސާ ނަގައިދެވެން ނެތްކަމަށް ހުކުމްކޮށްފި

މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ޖޫރިމަނާ ފައިސާ ނަގައިދެވެން ނެތްކަމަށް ހުކުމްކޮށްފި

Author
މުޙައްމަދު ޖިމީ
10 އޮކްޓޯބަރ 2020 09:20
0

މަންދު ކޮލެޖު ހިންގަމުން އައި ޢިމާރާތަށް ޢަރަބިއޔާ ސްކޫލްގެ ދަރިވަރުން ވަގުތީގޮތުން ބަދަލުކުރެވުނުއިރު އެތަނުގައި ހުރި ފަރުނީޗަރުތައް ގެއްލުނު މައްސަލާގައި އެކުންފުނިން އެދުނުނުފަދަ ބަދަލު ނަގައިދެވެން ނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ކުރިން އެމްއީއެސް ހިންގި ޢިމާރާތުގައި މަންދު ކޮލެޖެ ހިންގަމުން އަންނަނިކޮށް އެތަނަށް ވަގުތީގޮތުން ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ބަދަލުކުރުމުން އެތަނުގައިހުރި މަންދުކޮލެޖުގެ ފަރުނީޗަރުތަކަށް ވިނުވީއެއް ނޭނގި ގެއްލުމުން ބަދަލުނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރިއާއި ދެކޮޅަށް މަންދުކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑް އިން ދައުވާކޮށްފައިވަނީ 4،51189 (ހަތަރުލައްކަ ފަންސާސްއެއްހާސް އެއްސަތޭކަ އަށްޑިހަ ނުވަރުފިޔާ) ހޯދުމަށެވެ.

އަދި ދައުވާ ފޯމް ހުށައެޅި ތާރީޚުން ފެށިގެން ޖޫރިމަނާ ފައިސާގެ ގޮތުގައި އެޢަދަދުގެ 0.5 އިންސައްތައިގެ މަގުން ތިންމިލިއަން އަށްޑިހައަށްހާސް ތިންސަތޭކަ އަށްޑިހައަށްރުފިޔާ ހަތްދިހަހަތްލާރި ނަގައިދިނުމަށެވެ.

މިމައްސަލާގައި ހައިކޯޓުން ކުރި ޙުކުމްގައި ސިވިލް ކޯޓުން ކުރި ހުކުމުގެ ގަޒިއްޔާއާއި އެއްގޮތަށް ޖޫރިމަނާގެ ފައިސާ ޝަރީޢަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުން ބާޠިލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މަންދު ކޮލެޖަކީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް ހިންގަވާ ކޮލެޖެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.