މަންމަގެ ފިރުމައިލުމާއި ބޮސްދިނުމަކީ ދަރިއަކަށް ލިބޭ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު އަދި އެންމެ ޗާލު އިހުސާސްކަމަށް ފަސްޓް ލޭޑީ ސަޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރެވުނު މަންމައިންގެ ދުވަހާ ގުޅިގެން ފަސްޓް ލޭޑީ ސަޖިދާ ސޯޝަލް މީޑިއާގައި ޚާއްޞަ މެސެޖެއް ޙިއްޞާކުރެއްވިއެވެ. މި މެސެޖުގައި މަންމައިންގެ ލޯތްބާއި އަޅާލުމުގެ މަތިވެރިކަން ފާހަގަކުރައްވާފައިވެއެވެ.
"މަންމަގެ ފިރުމައިލުމާއި ބޮސްދިނުމަކީ ދަރިއަކަށް ލިބޭ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބިވާ، އެންމެ ސާފު، އެންމެ ހިތްގައިމު އަދި އެންމެ ޗާލު އިހުސާސް" ކަމަށް ފަސްޓް ލޭޑީ ސަޖިދާ ވިދާޅުވިއެވެ.
އިތުރަށް ފަސްޓް ލޭޑީ ސަޖިދާ ވިދާޅުވެފައިވަނީ މަންމައިން ކުރައްވާ އަގުހުރި ގުރުބާނީތަކަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރައްވާ ކަމަށެވެ. އަދި މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރުޙަބާއާއި ޝުކުރު ދަންނަވާ ކަމަށްވެސް އެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މަންމައިންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ގިނަ ފަރާތްތަކުން މަންމައިންނަށް ހެޔޮއެދުމުގެ މެސެޖުތައް ފޮނުވަމުންދާއިރު، ފަސްޓް ލޭޑީގެ މި މެސެޖަކީވެސް މަންމައިންގެ ލޯބީގެ މުހިންމުކަން ފާހަގަކޮށް، އެ ބޭފުޅުންގެ ގުރުބާނީއަށް ޝުކުރުވެރިވުމުގެ ގޮތުން ދެއްވާފައިވާ މެސެޖެއް ކަމަށް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ