ޓޮޓެންހަމް 3 ވަނައަށް ޖެހިލައިފި

ޓޮޓެންހަމް 3 ވަނައަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް 3 ވަނަ އަށް ޖެހިލައިފި އެވެ.

ލީޑްސް އިން ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ޓޮޓެންހަމުން މެޗުގެ 29 ވަނަ މިނިޓުގައި ލީޑުނެގީ ހެރީ ކޭން ކާމިޔާބުކުރި ޕެނަލްޓީންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޭން ދިން ބޯޅައަކުން ސޮން ހެއުން މިން ވަނީ ޓޮޓެންހަމަށް ލީޑުފުޅާކޮށްދީފަ އެވެ. މިއީ ސޮން ޓޮޓެންހަމަށް ޖަަހައިދިން 100 ވަނަ ގޯލެވެ. ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖެހީ ކޯނަރަކުން ސޮން ނަގައިދިން ބޯޅައަކުން ޓޯބީ އަލްޑަވެއިރަލްޑް އެވެ. އޭނާ ބޮލުން ޖެހި ބޯޅަ ލީޑްސްގެ ކީޕަރު އިލާން މެލިއޭއަށް ހިފެހެއްޓުނީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ.

ލީގުގެ އެއް ވަނާގައި އޮތް ލިވަޕޫލާއި ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ޓޮޓެންހަމް ތިން ވަނަ އަށް އެރީ ހަތަރެއްގައި އޮތް ލެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަަރުވި ނަމަވެސް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. ޓޮޓެންހަމްގެ 29 ޕޮއިންޓާ އެކު ފައިދާ 14 ގޯލު އޮތްއިރު، ލެސްޓާގެ އޮތީ 29 ޕޮއިންޓާއި ފައިދާ ނުވަ ގޯލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *