ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ޤުރްއާން ހިތުދަސްކޮށްދޭ ކްލާސްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. މިކަން އެނގެނީ މިއަދު އެ މަރުކަޒުން ނެރުނު އިޢުލާނަކުންނެވެ.
މި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ޤުރްއާން ހިތުދަސްކޮށްދޭ ކްލާސްތަކުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމަކީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ މެންޑޭޓުގައި ހިމެނޭ ޒިންމާއެކެވެ. އެހެންކަމުން، މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ޤުރްއާން ހިތުދަސްކޮށްދޭ ކްލާސްތައް ހިންގާ ފަރާތްތަކަށް ދަޢުވަތު ދީފައިވެއެވެ.
ރަޖިސްޓްރޭޝަން ހުޅުވާލެވިފައިވަނީ މެއި 5 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ރަޖިސްޓްރީވުމަށް ޚާއްޞަ ގޫގުލް ފޯމެއް ތައްޔާރުކޮށްފައިވާ ކަމަށާއި، ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ކުރަންޖެހޭނީ ހަމައެކަނި މި ފޯމު ފުރިހަމަކޮށް ހުށަހެޅުން ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
އިޢުލާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭ ކްލާސްތަކަށް، ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކަނޑައަޅާ ވަކި އުސޫލުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް އެޅޭ މި ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ