ކުރީގެ މެމްބަރު ޝާހިދުގެ 4 ވަނަ ކައިވެނި ރޭގައި!

ކުރީގެ މެމްބަރު ޝާހިދުގެ 4 ވަނަ ކައިވެނި ރޭގައި!

Author
ޢަލީ އާދަމް
02 ޖެނުއަރީ 2021 03:06
0

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު، ޝާޑު އިތުރު ކައިވެންޏެއް ކުރައްވައިފިއެވެ.

ޝާޑު މީގެ ކުރިން ވަނީ 3 ކައިވެންޏެއް ކުރައްވާފަ އެވެ. އޭނާ ތިންވަނައަށް ކައިވެނި ބައްލަވައިގަތީ ކުރީގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އާއެވެ. ނަމަވެސް 2018 ވަނަ އަހަރު އެކައިވެނި ވަނީ ރޫޅިފައެވެ.

ޝާހިދާއި މުޒްނާގެ ކައިވެނި ހަފްލާގެ ތެރެއިން – ފޮޓޯ: ކިއުންތެރިއެއް

ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދު ކައިވެނި ބައްލަވައިގަތީ އައިޝަތު މުޒްނާ ކިޔާ ކަނބަލަކާއެވެ. އަދި އެއީ ސްޓެލްކޯގެ މަތީ މަގާމެއް އަދާކުރައްވާ ބޭކަނބަލެއްކަންވެސް ޚަބަރު އޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާ އަދާކުރައްވަނީ ސްޓެލްކޯގެ ބިޒްނަސް ޑިޕާޓްމަންޓްގެ ހެޑްގެ މަގާމެވެ.

ޝާހިދާއި މުޒްނާގެ ކައިވެނި ހަފްލާ ރޭ ބޭއްވީ ހޮޓެލް ޖެންގަ އެވެ. މިނިސްޓަރ އިރުތިޝާމާއި ކުރެއްވި ޝާޑުގެ 3 ވަނަ ކައިވެނީގެ ހަފްލާވެސް ބާއްވާފައި ވަނީ ހޮޓެލް ޖެންގައެވެ.

 

ނޯޓް: މި ޚަބަރު ފުރަތަމަ ޝާޢިއުކުރިއިރު 3 ވަނަ ކައިވެނި ކަމަށް ޖެހިފައިވަނީ މަޢުލޫމާތުގެ ކުށަކުންނެވެ. މިކަމަށް ކިއުންތެރިންގެ އަރިހުން މަޢާފަށް އެދެމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަން
އަސްލު މައްސަލައެއް ނުން އިންސާނުން ނަކީ ކުށް ކުރެވޭނެ ބައެއް
މ މައި
މައުލޫމާތު ރަނގަޅަށް ހޯދަައިހެން ޚަބަރު ޝާއިރު ކޮށްބަލަ ތިޔަ ޝާޑުގެ 4 ވަނަ ކައިވެނި ތިޔައީ ނަސޫހާ އަޒުލިފާ އިރުތިޝާމު މުޒުނާ
A Addu manje
Nubaikoh nuliyabala. Mee shaad ge 4 vana kaiveni.