ފަލަސްތީނަށް އެހީވުމަށް ހޮޅުދޫ ރައްޔިތުން ބޭއްވި ހާއްސަ ފަންޑްރައިޒިންގ އިވެންޓުން ލައްކައަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފި

ފަލަސްތީނަށް އެހީވުމަށް ހޮޅުދޫ ރައްޔިތުން ބޭއްވި ހާއްސަ ފަންޑްރައިޒިންގ އިވެންޓުން ލައްކައަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފި

Author
ހުސައިން
19 އޭޕްރިލް 2025 12:29
0

 

ހއ. ހޮޅުދޫ ރައްޔިތުން "ހޮޅުދޫ ރައްޔިތުން ފަލަސްތީން އާއި އެކު" ނަމުގައި މިއަދު ބޭއްވި ހާއްސަ ފަންޑްރައިޒިންގ ހަރަކާތުން 101،700.86 ރުފިޔާ އެއްކުރެވިއްޖެއެވެ.

މި ހަރަކާތް ރޭވިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. ހޮޅުދޫ ކައުންސިލްގެ އޮފިޝަލަކު ދެއްވި މަޢުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 11:00 އިން ފެށިގެން މިސްކިތްތަކުގައި ފަންޑް ފޮށިތައް ބެހެއްޓިފައިވެއެވެ. އަދި ހަވީރު ފަލަސްތީނުގެ ޙާލަތަށް ސަމާލުކަން ގެނައުމަށް ޚާއްޞަ ހިނގާލުމެއްވެސް ބޭއްވިފައިވެއެވެ.

އެއްކުރެވުނު ފައިސާގެ ތެރޭގައި 54،130.00 ރުފިޔާގެ ދިވެހި ފައިސާއާއި، 183 އެމެރިކާ ޑޮލަރުގެ ބޭރު ފައިސާ ހިމެނެއެވެ. އޭގެއިތުރުން އޮންލައިން ޓްރާންސްފަރގެ ޒަރީޢާއިން 44،749.00 ރުފިޔާ ވަނީ މި ފަންޑަށް ޖަމާކުރެވިފައެވެ.

މި ހަރަކާތުގައި ހޮޅުދޫގެ ކުޑަބޮޑު ގިނަ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. ނިރުބަވެރި އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ފެށި ގަތުލުޢާންމުގައި މިހާތަނަށް 51,000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އިސްރާއީލުން ބޭއްވި ހަނގުރާމަ ދެމަސްދުވަހަށް މެދުކަނޑާލުމަށްފަހު މިއަހަރުގެ މާރިޗު 18 ގައި އަލުން ހަމަލާތައް ފެށިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.