ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒު އައްޔަންކުރަން ރުހުން ދީފި

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒު އައްޔަންކުރަން ރުހުން ދީފި

Author
ހުސައިން
16 އޭޕްރިލް 2025 01:35
0

ސިވިލް ސާވިސް ކޮމިޝަނުގެ (ސީއެސްސީ) މެމްބަރުކަމަށް މުޙައްމަދު މުޖްތާޒު އައްޔަންކުރުމަށް ބޮޑު އަޣުލަބިއްޔަތުން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ނެގުނު ވޯޓުގައި މިއަދު ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުޖްތާޒުގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި 71 މެމްބަރުން މުޖްތާޒުގެ ނަންފުޅަށް ތާއީދުކުރައްވައި ވޯޓުދެއްވިއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް މެމްބަރަކު އައްޔަންކުރަން ޖެހުނީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް، އިބްރާހީމް ރަޝީދު، ވޭތުވެދިޔަ މަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ މަޤާމުން އިސްތިއުފާދެއްވީ މަޤާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ ގުޅިގެންނެވެ.

މުޙައްމަދު މުޖްތާޒަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި މީގެއިތުރުން، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް އަދާކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.