ޤައުމު ފަނާ ކުރުމަށްފަހު އާރާސްތު ކުރަން އަޒުމް ކަނޑައެޅުއްވީތީ އުފާކުރަން: ޝިޔާމް

ޤައުމު ފަނާ ކުރުމަށްފަހު އާރާސްތު ކުރަން އަޒުމް ކަނޑައެޅުއްވީތީ އުފާކުރަން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2021 09:24
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދެ އަހަރު ޤައުމު ފަނާކޮށް، ޤައުމުގެ އިޤްތިޞާދީ އިޖުތިމާއީ، ފޭރާން ހަލާކޮށް، ކުރެއްވި މަސައްކަތް އަމިއްލަ ފުޅަށް ވިސްނި ވަޑައިގެން އެކަން ކަން ރަނގަޅު ކުރުމަށް އަޒުމް ކަނޑައެޅުއްވީތީ އުފާ ކުރައްވާ ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ، އާ އަހަރާ ސަރުކާރުން ކުރިމަތިލާނީ ގައުމު އަލުން އާރާސްތުކުރުމުގެ މަތިވެރި އަޒުމާއި އިތުރު ހިތްވަރަކާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަތާއި ގުޅިގެން ޝިޔާމް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ޤައުމަށް ހެޔޮ ކަމެއް ނުކުރެވި، ޤައުމު ފަނާކޮށް ކުރުމަށް ކުރެއްވި ކަންކަން ރަނގަޅު ކުރެއްވުމަށް އަމިއްލަ ފުޅަށް އިސްނެންގެވީ ވަރަށް ރަނގަޅު ހެވެއް ކަމަށެވެ. އަދި މިއީ މި އަހަރުގެ ތެރޭގައި ރައީސް ޞާލިހު ކަނޑައެޅުއްވި ވަރަށް ރަނގަޅު އަޒިމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވެރިކަމުގެ ފުރަތަމަ 2 އަހަރު ކުރެއްވިހާވެސް ކަމަކީ ޤައުމު ފަސާދަކޮށް ފަނާކުރުންކަން އަމިއްލަފުޅަށް ވިސްނި ވަޑައިގެން އާ އަހަރަށް ބިނާކޮށް އާރާސްތު ކުރެއްވުމުގެ ވަރުގަދަ އަޒުމް ކަނޑައެޅުއްވީތީ އުފާކުރަން.

– ޝިޔާމް ވިދާޅުވިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ފޮނުއްވި ހިތާބުގައި ވަނީ މިދިޔަ އަހަރު ކޯވިޑް-19 ގެ ބަލިމަޑުކަމާއެކު، ގައުމު ލޮކްޑައުން ކުރަން ޖެހި އިގުތިސާދީ ގޮތުން ނާޒުކު ދުވަސްތަކަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަ ކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، މިދިޔަ 2020 ވަނަ އަހަރަކީ އަސާސީ ހިދުމަތްތައް ފުރިހަމަ ނުކުރެވި، ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހި، އެތައް ހައްގުތަކެއް ގެއްލުނު އަހަރެކެވެ. ނަމަވެސް، އެ ހުރިހާ ކަމަކާއެކު ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި އަމާޒު ހިފަންވީ މިސްރާބު ސާފުވި ކަމަށް ރައީސް ވިދާޅުވި އެވެ.

މި ފެށި އާ އަހަރާ ސަރުކާރުން ކުރިމަތިލާނީ އަސާސީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް އެތައް ގުނައެއް ހަލުވިކުރުމުގެ އަޒުމާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ. އާ އަހަރު ބޭނުންފުޅު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، އިގުތިސާދީ ގޮތުން ޓޫރިޒަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، އިގުތިސާދު ސިންދަފާތު ކުރުމުގެ އަމާޒު ހިފުމަށެވެ. ތަރައްގީގެ މަޝްރޫއުތައް ތިމާވެއްޓާ އެއްގޮތައް ކުރިއަށް ގެންދިއުމާއި އިޖުތިމާއީ މައްސަލަތައް ވެސް ހައްލުކޮށް، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ އަޒުމު ވެސް އާ އަހަރާ އެކު އެ މަނިކުފާނު އާ ކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.