އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ވަރުގަދަ ވުމަކީ ދީނީ ހަރުކަށިކަމަށް ކޮށާލެވޭ މަގެއް: ޑރ.ޝަހީމް

އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ވަރުގަދަ ވުމަކީ ދީނީ ހަރުކަށިކަމަށް ކޮށާލެވޭ މަގެއް: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2021 09:13
0

އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ވަރުގަދަ ވުމަކީ ދީނީ ހަރުކަށިކަމަށް ކޮށާލެވޭ މަގެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ފަހަކަށް އައިސް އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި، ދީނީ ގޮތުން ބައެއް ކަންކަމުގައި ސުވާލު އުފައްދައި ދައްކަމުންދާ ވާހަތަކުގައި ކަމާއިބެހޭ ފަރާތްތަކުން އެކަށިގެންވާ އިޖާބައެއް ދީފައި ނުވާތީ ޑރ.ޝަހީމް ވިދާޅުވީ ދީނަށް ފުރައްސާރަކުރުން ހުއްޓުވައި އިސްލާމްދީނަށް ތައުހީނުކުރުން ހުއްޓުވަން ޤާނުނީ ފިޔަވަޅު އެޅުމާއެކު ނަސޭޙަތްތެރިވެވޭނެ ނިޒާމެއް ޤާއިމްކުރެވެންޖެހޭ ކަމަށެވެ.

ޑރ.ޝަހީމް ވިދާޅުވީ ދީނީ ޙައްދު ފަހަނައެޅުން ހުއްޓުވޭނީ ހަރުދަނާ ގޮތެއްގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތާއި ޢަޤީދާ އުނގަންނައިދީގެން ކަމަށެވެ.  މިކަންކުރުމަށްޓަކައި ދައުލަތުގެ ދީނީ ޝިޢާރު ފާޅުކުރުމުގެ ނިޒާމު ހަރުދަނާކޮށް ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ އިސްލާމީ އިސްތިރާތީޖީ ޕްލޭނެއް އޮތުން މުހިންމުކަމަށް ޝައިޚު ވިދާޅުވިއެވެ.

އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ވަރުގަދަ ވުމަކީ ދީނީ ހަރުކަށިކަމަށް ކޮށާލެވޭ މަގެއް. މިހެންކަމުން ދީނަށް ފުރައްސާރަކުރުން ހުއްޓުވައި އިސްލާމްދީނަށް ތައުހީނުކުރުން ހުއްޓުވަން ޤާނުނީ ފިޔަވަޅު އެޅުމާއެކު ނަސޭޙަތްތެރިވެވޭނެ ނިޒާމެއް ޤާއިމްކުރެވެންޖެހޭ.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ދައުލަތުގެ ފަތުވާ ދިނުމުގެ ރަސްމީ ނިޒާމު ހަރުދަނާކުރުމަކީ ވެސް މުހިންމުކަމެއްކަން ފާހަގަ ކުރައްވަމުން ޑޜ.ޝަހީމް ވިދާޅުވީ އަދުގެ ޖީލަށް ބޭނުންވާ ދީނީ މަޢުލޫމާތު ސޯޝަލްމީޑިއާގައި ފަސޭހަގޮތެއްގައި ރަސްމީ އިދާރާތަކުން ލިބޭނޭ މަގުތައް ފަހި ކޮށްދީ ފަސޭހަކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. ރާއްޖޭގައި އުފެދިފައިވާ ފިކުރީ މައްސަލަ ތަކުގައި އިލްމީ ގޮތުން މިއަދު މަސައްކަތްތަކެއް ކުރަން ޖެހިފައިވަކަމަށާއި އެ މަސައްކަތް ވަރުގަދަ ކޮށްފި ނަމަ ފިކުރީ ގޮތުން އިސްލާމްދީނާ ގުޅުވައިގެން އުފެދޭ މައްސަލަތަކަށް ޙައްލު ގެނެވޭނެ ކަމަށް ޝައިޚު ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން ގިނަވެ، މުޖުތަމައަށް ނުރައްކާވާ ގޮތަށް ބައެއް ހާލަތްތަކުގައި ކުރެވި އެކަމަށް އެކަށީގެވާ ހައްލެއް ނެގުނެވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތްކަމެވެ. އަދި އިސްލާމްދީނާއި ފާޅުގައި ދެކޮޅު ޝުކޫރު ފާޅުކުރުމާއި ދީނުމުގައި އޮންނަ ގޮތް ނޫން ގޮތަކަށް މައުލޫމާތު ފަތުރައި ހަގީގަތް އޮޅުވާލުމަސް ބައެއް ހާލަތްތަތަކުގައި މަސައްކަތް ކުރެވިގެންދާތަން ދަނީ ފެނަނމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.