މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް އަލުން ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ފަށާފައިވާ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން ތަރައްޤީކުރި ކަނބާއައިސާ ރަނި ހިނގުން މިއަދު ހުޅުވައިފިއެވެ.
ކަނބާ އައިސަރަނިހިނގުން ހުޅުވާދެއްވާފަވަނީ މާލެ ސިޓީގެ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ ފަރާތުން ބޭއްވި ޚާއްޞަ ހިނގާލުމަކުންނެވެ. މި ހިނގާލުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދާއި ރައްޔިތުންގެ މަޖިލިސްގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުޙައްމަދު ފަލާހް އާއި ސިޓީކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މަގު އަލުން ހުޅުވާލާފައިވަނީ ދުއްވާ އެއްޗެއްސާއި ހިނގާ މީހުނަށް ފަސޭހަވާނެ ގޮތެއްގެ މަތިން މަގު ހެދުމަށްފަހު ކަމަށެވެ. އަދި ހިތްފަސޭހަކަން ގެނެސްދިނުމަށް ގަސް އިންދާފައިވާ ގަސްމުށިތަށް އަރިމަތީގައި ބަހައްޓާފައި ހުންނާނެ ކަމަށާއި، މާފަންނުގެ މި ސަރަހައްދުގެ ފެންބޮޑުވުމުގެ މައްސަލައަށް މަގު ހެދުމުގެ މަސައްކަތުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި މަގު އަލުން ތަރައްޤީކޮށްގައިވަނީ އެކި ބޭނުންތަކަށް ކޮންނަން ނުޖެހޭގޮތަށާއި ގުޅިފައިވާ ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ޕާކުކުރުމަށް ހާއްސަ ސަރަހައްދުތަކާއި، ޓެކްސީ ހުއްޓުމަށް ވަކި ސަރަހައްދުތަކެއްވެސް ޚާއްޞަ ކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ