އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ 2 ފަތުރުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ 2 ފަތުރުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2021 08:26
0

އުކުޅަހަށް ޗުއްޓީ ހޭދަކޮށްލުމަށް ދިޔަ 2 ފަތުރުވެރިޔަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އުކުޅަކު ކައުންސިލުން ވިދާޅުވީ އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މި ދެ ފަތުރުވެރިން ޕޮޒިޓީވް ވުމާއި ގުޅިގެން އޭނައާއި ދިމާވި މީހުން ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް ރަށު ކައުންސިލާއި، ރަށު މަރުކަޒާއި، ކޯވިޑް-19 ގެ ޓާސްފޯސް ކޮމިޓީން ކުރަމުން ދާކަމަށެވެ. މިދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބަހައްޓައި، ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ރަށު ޞިއްޚީ މަރުކަޒުވް ވަނީ އިލްތިމާސް ކޮށްފައެވެ.

މިއީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި 5 ވަނަ މީހާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.