ދ. އުއްދޫ ދަތުރުވެރިންނަށް ހުޅުވާލުމުގެ ތައްޔާރީތައް ފަށައިފި

ދ. އުއްދޫ ދަތުރުވެރިންނަށް ހުޅުވާލުމުގެ ތައްޔާރީތައް ފަށައިފި

Author
ހުސައިން
09 އޭޕްރިލް 2025 11:38
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު ދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖެއްސެވި ދ. އުއްދޫ މިމަހުގެ 15 ވަނަ ދުވަހު ދަތުރުވެރިންނަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ މިނިސްޓްރީގެ މުވައްޒަފުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިވަގުތު ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް އުއްދޫގައި ހަމަޖައްސައިދީ، އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެރަށް ދަތުރުވެރިންނަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

މިނިސްޓަރ ޝަރީފު ވިދާޅުވިގޮތުގައި ރަށް ހުޅުވާލާއިރު ހުރިހާ ޚިދުމަތްތަކެއް އެންމެ ފުރިހަމައަށް ލިބެން ނެތްނަމަވެސް، ކައިރި މުސްތަޤުބަލެއްގައި މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބާ އެރަށް ޙަވާލުކޮށް، ރަށުގެ ކޮންސެޕްޓް ޕްލޭނެއް އެކުލަވާލައި، ދަތުރުވެރިންނަށް އެކަށޭނަ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މިވަގުތުވެސް އުއްދޫ ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.