ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

ގުޅުންހުރި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު (އެމްއައިއޭ) ހިންގާ އައިލެންޑް އޭވިއޭޝަނުން އެ އެއާޕޯޓުގެ ޓާމިނަލް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއަށް ބިޑް ރަޖިސްޓްރޭޝަން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ހުޅުވާލާފައިވެއެވެ. މި ފުރުސަތު ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ބޭރުގެ ކުންފުނިތަކަށްވެސް ހުޅުވާލާފައިވާކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މާފަރު އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަށް ހޯދަނީ މިދިޔަ އަހަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު މޯލްޑިވިއަން އިން އެމްޓީސީސީއާ ހަވާލުކުރުމަށްފަހުގައެވެ.

ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދިން 60 މިލިއަން ޑޮލަރުގެ އެހީއާއެކުގައެވެ. މި އެއާޕޯޓަކީ 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ، ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ކަމުގައިވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ