އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްއިން ދިވެހި އޮފިސަރުންނަށް ތަމްރީނު ދޭން ފަށައިފި

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްއިން ދިވެހި އޮފިސަރުންނަށް ތަމްރީނު ދޭން ފަށައިފި

ގުޅުންހުރި

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް އިން ދިވެހިރާއްޖޭގެ ފުލުހުންނާއި، ކަސްޓަމްސް އަދި އިމިގްރޭޝަންގެ އޮފިސަރުންނަށް ޚާއްޞަ ތަމްރީނުތަކެއް ދޭން މިއަދު ފަށައިފިއެވެ.

ކަސްޓަމްސްގެ ރަސްމީ އެކްސް (ޓްވިޓަރ) އެކައުންޓުން ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިއަދު ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުގައި ކަސްޓަމްސްގެ 12 އޮފިސަރުންނާއި، އިމިގްރޭޝަންގެ 12 އޮފިސަރުން އަދި ފުލުހުންގެ 11 އޮފިސަރުން ބައިވެރިވެއެވެ.

ކަސްޓަމްސްއިން ދީފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ މިއީ މި ތަމްރީނުތަކުގައި ބައިވެރިވާ ފުރަތަމަ ބެޗް ކަމަށާއި، މީގެ އިތުރަށް ވެސް ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

އެމެރިކާއިން ދިވެހި ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނަށް ދޭ މި ތަމްރީނުގެ މައިގަނޑު އަމާޒަކީ ގާނޫނު ތަންފީޒުކުރުމަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށް ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.

މި ތަމްރީނުގައި ހިމެނެނީ ހިއުމަން ޓްރެފިކިންގ، ކްރިމިނަލް ރިސާޗް، ތުހުމަތުކުރެވޭ މީހުން ހޯދާނެ ގޮތް އަދި ފޮރެންސިކް ޑޮކިއުމެންޓުތައް އެނަލައިޒްކުރާނެ ގޮތާބެހޭ ޚާއްޞަ ހުނަރުތަކެވެ.

ދިވެހިރާއްޖޭގެ ބޯޑަރު ބަލަހައްޓާ މައިގަނޑު އިދާރާތަކަށް ތަމްރީނު ދޭން ފަށާފައިވާ އެމެރިކާއަކީ މި ވަގުތު ދުނިޔޭގައި ބިދޭސީންނާމެދު އެންމެ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ އެއް ޤައުމެވެ. އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ އެމެރިކާގައި ގަވާއިދާ ޚިލާފަށް އުޅޭ އެތައް ހާސް ބިދޭސީންނެއް ޑީޕޯޓްކޮށް، އެހެން ޤައުމުތަކުގެ ޖަލުތަކަށް ފޮނުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ