ރާއްޖެއިން ބޭރުން އަންނަ ދިވެހި ދަރިވަރުން ކަރަންޓީން ވާންޖެހޭ ގޮތަށް ހަދައިފި

ރާއްޖެއިން ބޭރުން އަންނަ ދިވެހި ދަރިވަރުން ކަރަންޓީން ވާންޖެހޭ ގޮތަށް ހަދައިފި

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2021 07:44
0

ބޭރުގައުމުގެ ތަކުން އަންނަ ސްކޫލު، ކޮލެޖް، ޔުނިވާސިޓީ ދަރިވދަރިވަރުން އައުމަށްފަހު ކަރަންޓީން ވާންޖެހޭ ގޮތަށް ހަދައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސުކޫލު/ކޮލެޖް/ޔުނިވަރިސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ވާންޖެހޭނެ ކަމަށެވެ. އަދި 10 ދުވަހަށްފަހު ޕީ.ސީ،އާރު ނެގަޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.

މިހާރު އެޗްޕީއޭއިން ދީފައިވާ ލުއިތަކާއިއެކު ގިނަ ބަޔަކު ދަނީ ރާއްޖެއިން ބޭރަށް ޗުއްޓީއަށް ގޮސްފައެވެ. އެކި އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށްދިޔަ މީހުންގެ މީހުންގެ ސްކޫލު ހުޅުވެންވައިރަށް ރާއްޖެއަށް އަންނައިރު، މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން އިނގިރޭސި ވިދާޅުން ފިޔަވައިއެހެން ގައުމަކުން ރާއްޖެ އަންނަ މީހުން ކަރަންޓީން ވާން ނުޖެހެއެވެ.

ނަމަވެސް އެޗްޕީއޭއިން މިހާރު މިގެނައި ބަދަލާއިއެކު ރާއްޖޭގެ އެކި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން އެނބުރި ރާއްޖެ އައުމަށްފަހު 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެއެވެ. މިގޮތަށް ކަނޑައަޅާފައިވާއިރު، މިމަހުގެ 10 ވަނަ ދުވަހު ސްކޫލު ހުޅުވަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޮންމެ ރަށެއްގައިވެސް ސްކޫލްތައް ހުޅުވައި ދެވަނަ ޓާރމްގެ ކިޔެވުން ފަށާނީ އެރަށެއްގެ ސިއްޙީ ޙާލަތަށް ރިޢާޔަތް ކުރުމަށްފަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ އަތޮޅުތަކުގެ ސްކޫލްތަކާ އެއްގޮތަށް މާލޭގެ ސްކޫލްތައްވެސް ހުޅުވައިގެން ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންނެވެ. މިގޮތުން ސްކޫކްތައް އަލުން ހުޅުވުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

V Visninje
Konme kamenves kurani athah govyma. Dhen lala