ތާރީޚުން މިއަދު ހިނގާފައިވާ ކަންތައްތައް އެގޭތަ؟

ތާރީޚުން މިއަދު ހިނގާފައިވާ ކަންތައްތައް އެގޭތަ؟

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2021 05:20
0

ތާރީޚުގައި މިއަދަކީ ރާއްޖޭގެ މުހިންމު ނިންމުންތަކަކާއި، މުހިންމު މަސައްކަތްތަކެއް ކުރެވިގެން ދިޔަ ދުވަހެކެވެ. ތަރައްޤީގެ މަސައްކަތްތަކާއި، އެނޫންވެސް މުހިންމު ނިންމުންތަކެއް މިއަދު ނިންމިގެން ދިޔަކަން ތަރީހުން ހެކިދެއެވެ.

ރާއްޖޭގެ ޒަމާންވީ ދިގުތާރީހަކީ އެތަކެއް އިބުރަތްތެރި ކަންތައްތަކާއި، ހާދިސާތަކާއި، މަސައްކަތްތަކެއް ކުރެވިފައިވާ ޤައުމުކެވެ. މިނިވަންކަން ހޯދުމަށް ކުރެވުނު މަސައްކަތްތަކާއި، މިނިވަންކަން ލިބިގަތުމަށްފަހު ޤައުމު އާރާސްތު ކުރުމަށް ދިވެހިން ވަނީ ބޮޑެތި ޤުރުބާނީތަކެއްވެފައެވެ. ދިވެހި ތާރީހުގައި އުފަވެރި އެތައް ދުވަހަކައި، ހިތަމެވެރި އެތައް ދުވަހެއް ވަނީ ނިމިގޮސްފައެވެ.

1 ޖަނަވަރީގައި ހިނގާފައިވާ ބައެއް ކަންތައްތައް:

1 ޖަނަވަރީ 1883 – އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ރަސްކަމަށް އިސްވެވަޑައިގަތުން.

1 ޖަނަވަރީ 1953 – ދިވެހިރާއްޖޭގެ ތިންވަނަ ޤާނޫނު އަސާސީއެއް ތަޞްދީޤު ކުރެއްވުން

1 ޖަނަވަރީ 1958 – ސަރުކާރުން ކުރާ ކަންތައްތަކުގެ ތާރީޚް ޖަހާއިރު މީލާދީ ތާރީޚް ޖަހަންފެށި

1 ޖަނަވަރީ 1978 – އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢަށް ބިން ބޭނުންވާތީ ހުޅުލޭގައި އުޅޭ އެންމެން މާލެއަށް ބަދަލުކޮށް ނިމުން

1 ޖަނަވަރީ 1980 – އަސާސީ ތަޢުލީމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްޔޫމް އިޢުލާންކުރެއްވުން

1 ޖަނަވަރީ 1883 – އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ކުލަ ސުންދުރު ކައްތިރި ބަވަނަ މަހާރަދުން ރަސްކަމަށް އިސްވެވަޑައިގަތުން

1 ޖަނަވަރީ 1953 – ދިވެހިރާއްޖޭގެ ތިންވަނަ ޤާނޫނު އަސާސީއެއް ތަޞްދީޤު ކުރެއްވުން

1 ޖަނަވަރީ 1958 . ސަރުކާރުން ކުރާ ކަންތައްތަކުގެ ތާރީޚް ޖަހާއިރު މީލާދީ ތާރީޚް ޖަހަންފެށި

1 ޖަނަވަރީ 1978 – އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢަށް ބިން ބޭނުންވާތީ ހުޅުލޭގައި އުޅޭ އެންމެން މާލެއަށް ބަދަލުކޮށް ނިމުން

ތާރީޚުގެ ތެރެއިން ފެންނަން މިހުރި ކަންކަމަށް ބަލާއިރު، މިއަދަކީ ރާއްޖޭގެ މާޒީގެ ތާރީހުގައި މުހިންމު ކަންތައްތަކެއް ކުރެވުނު ދުވަސްތަކެއް ކަން ހާމަވެއެވެ. ކޮންމެ އާހަރަކީވެސް މުހިންމު މަސައްކަތްތަކެއް ނޫނީ ތާރީޚީ ކަމެއް ކުރުމަށް ކޮންމެ މީހެއްގެވެސް އަޒުމަކަށް ވާނެއެވެ. އެގޮތުން މިއަދު ފެށިފައިވާ 2021 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރަކަށް ހެދުމަކީ ކޮންމެ މީހެއްގެވެސް އަޒުމަކަށް ވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.