އޯޓިޒަމް ކުދިންނަށް އަޅާލުމަކީ ގައުމީ ވާޖިބެއް: ރައީސް

އޯޓިޒަމް ކުދިންނަށް އަޅާލުމަކީ ގައުމީ ވާޖިބެއް: ރައީސް

Author
ހުސައިން
02 އޭޕްރިލް 2025 02:48
0

ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖުގައި، އޯޓިޒަމް ކުދިންނަށް އަޅާލައި ލޯބިދިނުމަކީ ގައުމީ ވާޖިބެއް ކަމުގައި ވިދާޅުވެއްޖެއެވެ. ރައީސްގެ މެސެޖުގައި، ކޮންމެ ދިވެހި ދަރިއަކީވެސް ޤައުމަށް ބޭނުންތެރި އަގުހުރި ދަރިއެއްކަމާއި، އޯޓިޒަމް ކުދިންނަކީ ޤައުމަށް މަންފާކުރާނެ އެތައް ހުނަރެއް ހުރި ކުދިން ކަމުގައި ފާހަގަކުރެއްވިއެވެ.

"އޯޓިޒަމް ތަހައްމަލް ކުރާ ކޮންމެ ކުއްޖަކީ ވެސް ގައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދިން. އެކުދިންނަށް އަޅާލުމާ ލޯބި ދިނުމަކީ ގައުމީ ވާޖިބެއް" މިފަދައިން ރައީސް ވިދާޅުވިއެވެ.

އޯޓިޒަމަކީ އުމުރުގެ ކުރީކޮޅު، ޚާއްޞަކޮށް ތިން އަހަރު ވުމުގެ ކުރިން ފާހަގަކުރެވި، މުޅި އުމުރަށް ދެމިގެންދާ ކޮމްޕްލެކްސް ނިއުރޮލޮޖިކަލް އަދި ޑިވެލޮޕްމެންޓަލް ޑިސްއޯޑަރއެކެވެ. ރާއްޖޭގައި އޯޓިޒަމް ޖެހިފައިވާ އެތައް ކުދިންނެއް ދިރިއުޅޭއިރު، ރައީސް ފާހަގަކުރެއްވި ފަދައިން މިފަދަ ކުދިންނަށް އާއިލާއާއި ގާތްތިމާގެ މީހުންގެ އިތުރުން މުޖުތަމަޢުގެ އަޅާލުމާއި ލޯތްބަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.