ކުރީގެ އަންހެނުންނަށް ބިރުދައްކައި ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައި 57 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފި

ކުރީގެ އަންހެނުންނަށް ބިރުދައްކައި ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައި 57 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފި

Author
ހުސައިން
01 އޭޕްރިލް 2025 04:58
0

ކުރީގެ އަންހެނުންނަށް ބިރުދައްކައި ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައި 57 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުން ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން އޭނާއާމެދު ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ހުއްދައެއްނެތި ގޯތިގެދޮރަށް ވަނުމާއި، އޮރިޔާން ކާޑު ގެންގުޅުމާއި، ބްލެކްމެއިލް ކުރުމާއި އަދި ބިރުދެއްކުމުގެ ކުށްތަކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންނަށް ލިބިފައިވާ ހާދިސާގެ ރިޕޯޓާއި، އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި އެހެނިހެން ހެކިތަކުގެ މައްޗަށް ބިނާކޮށް، ތުހުމަތުކުރެވޭ ކުށްތައް އޭނާ ކޮށްފައިވާކަމަށް ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ ކަމަށް ވެސް އެ ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މިކަމުގެ މައްޗަށް ރިޢާޔަތްކުރައްވައި، މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.