މިއަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އެންމެ ކުރީގައި ޓްރެފިކް މައްސަލަތައް!

މިއަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އެންމެ ކުރީގައި ޓްރެފިކް މައްސަލަތައް!

ގުޅުންހުރި

މި އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މިއަހަރުގެ މިހާތަނަށް 762 އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމާ ގުޅުންހުރި 667 މައްސަލައެވެ.

ފުލުހުން ހާމަކޮށްފައިވާ މަޢުލޫމާތުން އެނގޭގޮތުގައި މިދިޔަ މަހު އެކަނިވެސް އެކްސިޑެންޓާ ގުޅުންހުރި 233 މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ޓްރެފިކް ފުލުހުންގެ ދައުރު މިހާރު ވަނީ ކުރިއަށްވުރެ ބޮޑުކޮށްފައެވެ.

މަގުމަތީގައި ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި، މިހާރު ވަނީ މަގުމަތީގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވާގޮތަށް ފުލުހުން އިތުރުކޮށްފައެވެ. މި ފިޔަވަޅަކީ އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ