މިއަދު ހަވީރު 16:00އިން ރޭގަނޑު 20:00އަށް ފައިމަގުގައި އުޅޭގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވަނީ މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި އެކަންޏެވެ. މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19އާ ގުޅިގެން ފުރަބަންދުވެ، ދަތި ތަކާއި ކުރިމަތިވެފައިވާތީ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމުގެ ބޭނުމުގައެވެ.
މި ވަގުތުތަކުގައި ދުއްވަން ހުއްދަ ދީފައިވަނީ:
– ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
– އެމްބިއުލެންސް
– ޙާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޙާއްސަ ކުރެވިފައިވާ ސައިކަލް
– ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޙިދުމަތް
– އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު
މިއަދު ހަވީރު 16:00އާއި ރޭގަނޑު 20:00އާ ދެމެދު ހުއްދަނެތި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވާ މީހުންނާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެދަށުން ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ