ޑްރޯން ޝޯއަކާއި ބަޑިބޭހުގެ ކުޅިވަރުތަކާއެކު، ހުޅުމާލެއަށް ކުލަގަދަ އީދެއް!

ޑްރޯން ޝޯއަކާއި ބަޑިބޭހުގެ ކުޅިވަރުތަކާއެކު، ހުޅުމާލެއަށް ކުލަގަދަ އީދެއް!

Author
ހުސައިން
30 މާރޗް 2025 11:45
0

ކުޑަ އީދު ފާހަގަކުރުމުގެ ގޮތުން އެޗްޑީސީއިން މިރޭ ޑްރޯން ޝޯއަކާއިއެކު ހަވާ އަރުވައި އީދު ފާހަގަކޮށްފިއެވެ. ސަރުކާރުން ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމުމާއެކު، އެޗްޑީސީއިން މިއަދާއި މިރޭ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިރޭ ބޭއްވުނު އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ އެޗްޑީސީއިން ހުޅުމާލޭގައި ބޭއްވި ޑްރޯން ޝޯއަށެވެ. ޝޯގައި ގިނަ އަދަދެއްގެ ޑްރޯންތައް ބޭނުންކޮށްގެން ޖައްވުގައި ތަފާތު ތަސްވީރުތައް ދައްކުވައިދީފައިވެއެވެ. "އީދު މުބާރިކް" އާއި އެޗްޑީސީގެ ލޯގޯގެ އިތުރުން ފަލަސްތީނުގެ ދިދައިގެ ކުލަތައް ހިމެނޭ ހިތެއްވެސް ޖައްވުގައި އަޅާލާފައިވެއެވެ.

މީގެއިތުރުން، އެޗްޑީސީއިން މިއަހަރުވެސް ހުޅުމާލެ ތަފާތު ކުލަކުލައިގެ ބޮކިތަކުން ޒީނަތްތެރިކޮށްފައިވާއިރު، "އީދު ހަވާ" އެރުވުމުގެ ހަރަކާތްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި މަންޒަރު ބެލުމަށް ކުދިބޮޑު ގިނަ ބަޔަކު އެތަނަށް ޖަމާވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.