40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ އެލައިޑް އިންޝުއަރަންސްއިން ގޮތުން ރޯދަމަހު އިފްތާރު ޕެކް ބެހުމުގެ ހަރަކާތް ފަށައިފި

40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ އެލައިޑް އިންޝުއަރަންސްއިން ގޮތުން ރޯދަމަހު އިފްތާރު ޕެކް ބެހުމުގެ ހަރަކާތް ފަށައިފި

Author
ހުސައިން
25 މާރޗް 2025 09:11
0

އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުމާ ގުޅިގެން، މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލެ ސަރަހައްދުގެ އެކި މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ ހަރަކާތެއް އެކުންފުނިން ފަށައިފިއެވެ.

އެލައިޑް އިންޝުއަރަންސްއިން މަޢުލޫމާތު ދެއްވާގޮތުގައި މިހާތަނަށް މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ޖަލާލުއްދީން މިސްކިތުގައި އިފްތާރު ޕެކް ބަހާފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގެ ގްރޭންޑް މިސްކިތާއި މަސްޖިދު މުޙައްމަދު މިސްކިތުގައިވެސް އިފްތާރު ޕެކް ބަހާފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެލައިޑް އިންޝުއަރަންސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ރޯދަމަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މާލެ ސަރަހައްދުގެ އެހެނިހެން މިސްކިތްތަކުގައި މި ހަރަކާތް ކުރިއަށް ގެންދާނެއެވެ. އެގޮތުން، އަންނަ ހުކުރު ދުވަހު ހުޅުމާލޭގެ އުސްމާން ބިން އައްފާން މިސްކިތުގައި އަދި ހޮނިހިރު ދުވަހު ވިލިނގިލީގެ މަސްޖިދު އަލް ބިއްރީގައި އިފްތާރު ޕެކް ބަހާނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މިއަހަރަކީ އެލައިޑް އިންޝުއަރަންސް ޚިދުމަތް ފޯރުކޮށްދޭތާ 40 އަހަރު ފުރޭ އަހަރުކަމަށްވުމާއެކު، އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖުތިމާޢީ ހަރަކާތްތައް ހިންގުމަށް އެކުންފުނިން ވަނީ ރާވާފައެވެ. މިފަދަ ހަރަކާތްތައް ބާއްވަނީ އެލައިޑް އިންޝުއަރަންސްގެ ދެމިއޮތުމަށް ރައްޔިތުންގެ ފަރާތުން ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރުމުގެ ގޮތުންކަމަށް އެކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.