ފުލުހެއްގެ ގައިގައި ދަތްއެޅި އަންމީހާ ފޭރުމުގެ ތުހުމަތުގައި އަލުން ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ދަތްއެޅި އަންމީހާ ފޭރުމުގެ ތުހުމަތުގައި އަލުން ހައްޔަރުކޮށްފި

Author
ހުސައިން
25 މާރޗް 2025 03:34
0

ފުލުހެއްގެ ގައިގައި ދަތްއަޅައިގެން މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރެވުނު އަންހެނަކު، ފޭރުމުގެ ތުހުމަތުގައި އަލުން ހައްޔަރުކުރެވިއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރަކާ އެއްގޮތަށް، ވިލިމާލެ/ހަފޮޅު، ފާތިމަތު (44އ.) ގެ މައްޗަށް ފޭރުމާއި ހުއްދަނެތި އެހެން މީހުންގެ މުދަލަށް ބާރު ފޯރުވުމުގެ ތުހުމަތު ކުރެވިފައިވެއެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 10 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފާތިމަތަކީ ކުރިންވެސް އާންމުކޮށް މަސްމާރުކޭޓުގެ ކެފޭއަކަށް ވަދެ އާންމުންނަށް އުނދަގޫކުރަމުން އައި މީހެއްކަން ފާހަގަކުރެވެއެވެ. މިދިޔަ ޑިސެމްބަރު މަހު ފާތިމަތު ހައްޔަރުކުރެވުނީ، ނަސޭހަތް ދިނުމަށް އުޅުނު ފުލުސް އޮފިސަރަކަށް ފިލުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެ އޮފިސަރުގެ ގައިގައި ދަތްއެޅުމުގެ ތުހުމަތުގައެވެ. ނަމަވެސް އެވަގުތު ފާތިމަތު ވަނީ ދަތްއެޅި ކަމަށް އިންކާރުކޮށްފައެވެ.

މިހާރު އަލުން ހައްޔަރުކުރެވުމާއެކު، ފާތިމަތުގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކުގެ އިތުރުން ފޭރުމުގެ ތުހުމަތުވެސް ކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.