އުއްމީދަކީ އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ ކުރިއަރައިގެން ދިއުން: ކޮންޓްރޯލަރ ފަސީހް ވިދާޅުވެއްޖެ

އުއްމީދަކީ އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ ކުރިއަރައިގެން ދިއުން: ކޮންޓްރޯލަރ ފަސީހް ވިދާޅުވެއްޖެ

Author
ހުސައިން
24 މާރޗް 2025 01:33
0

އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ކުރިއަރައިގެން ދިޔުމަކީ އުންމީދެއް ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ އަހުމަދު ފަސީހް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އިމިގްރޭޝަންގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖެއްގައެވެ.

ފަސީހް ވިދާޅުވިގޮތުގައި އިމިގްރޭޝަންގެ 75 އަހަރުގެ ދިގު ތާރީޚުގައި ޤައުމުގެ ދޮރާށިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރާ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރުމަށް އުޅޭ ބިދޭސީންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ޒަމާނުއްސުރެން ފޯރުކޮށްދެމުން އަންނަކަމަށެވެ.

"އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިތުރު ކުރިއެރުންތަކެއް ލިބުން" ކަމަށް އޭނާ ވިދާޅުވިއެވެ.

ފަސީހް ވަނީ އިމިގްރޭޝަނަށް ޚިދުމަތް ކޮށްދިން އަދި މިހާރުވެސް ޚިދުމަތް ކުރަމުން އަންނަ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަލިމަސް ޔޫބީލް ފާހަގަކުރުމަށް އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. މީގެތެރޭގައި ރަސްމީ ޖަލްސާއެއް ބޭއްވުމާއި، ފަންފެއާ، ޗެރިޓީ ރަން، އަދި ކުޑަކުދިންގެ ހަވީރީ ކުއިޒެއް ކުރިއަށްގެންދިޔުން ހިމެނެއެވެ.

ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ދޭން ފަށާފައިވަނީ މާރިޗު 24، 1950 ގައެވެ. މިއަދު މަޤާމު އަދާކުރައްވާ ކޮންޓްރޯލަރ ފަސީހުގެ އިސްނެންގެވުމުގައި، މި 75 އަހަރުގެ ޔޫބީލް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް ރާވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.