ރަމަޟާން މަހުގެ ރޭ އަޅުކަމާއި، އެހެން ދުވަސްތަކުގައި އަދާކުރާ ރޭ އަޅުކަމާ ތަފާތެއް ވޭތަ؟

ރަމަޟާން މަހުގެ ރޭ އަޅުކަމާއި، އެހެން ދުވަސްތަކުގައި އަދާކުރާ ރޭ އަޅުކަމާ ތަފާތެއް ވޭތަ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
24 މާރޗް 2025 08:31
0

ރަމަޟާން މަހުގެ ރޭގަނޑު އަދާކުރާ ރެއަޅުކަން، އެހެން ދުވަސްތަކުގައި އަދާކުރާ ރޭ އަޅުކަމަށްވުރެ މަތިވެރިވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)[1] މާނައަކީ: "އީމާންކަމާއި، ދަރުމަ އާއި ޘަވާބަށް އެދި ރަމަޟާންމަހު ރޭއަޅުކަން ކޮށްފި މީހާގެ އިސްވެދިޔަ ހުރިހާ ފާފަ އެއް ފޮހެވިގެންވެއެވެ."

"އީމާން" މުރާދަކީ "ﷲ އަށް އީމާންވެ، ރޭއަޅުކަން ކުރާ މީހުންނަށް މާތް ﷲ ތައްޔާރު ކުރައްވާފައިވާ ދަރުމަ އާއި ޘަވާބަށް އެދިގެން ކުރުމެވެ."

"އިޙްތިސާބް" ނުވަތަ "ދަރުމަ އަށް އެދިގެން" އޮތް ބަހުގެ މުރާދަކީ ޖާހާއި މުދަލަށް އެދުމެއް ނެތި، މީސްތަކުންނަށް ދެއްކުންތެރި ކަމެއް ނެތި، ހަމައެކަނި ﷲ ގެ ޙަޟްރަތުން ލިބޭނެ ދަރުމަ އާއި ޘަވާބަށް އެދިގެން އެކަމެއް ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.