ފްރާންސްގައި މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ފްރާންސްގައި މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

Author
އަހުމަދު
29 ޖޫން 2026 03:54
0

ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ރައީސް އެމަނުއެލް މެކްރޯންއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އާދީއްތަ ދުވަހު ހިނގި މި ނުރައްކާތެރި ހާދިސާގައި ބޯޓުގެ ފަޅުވެރިންނާއި ހުރިހާ ފަސިންޖަރުންގެ ފުރާނަ ގެއްލުނު ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގައި، ފަރަންސޭސިވިލާތުގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންގެ އިތުރުން މި ހާދިސާގައި މަރުވި ފަރާތްތަކުގެ ޢާއިލާތަކަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރިއަށްގެންދާ ތަޙުޤީޤުތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.