މަންޓާ އެއާއިން އީދު ބަންދަށް ދަތުރުތައް އިތުރުކޮށްފި

މަންޓާ އެއާއިން އީދު ބަންދަށް ދަތުރުތައް އިތުރުކޮށްފި

Author
ހުސައިން
22 މާރޗް 2025 05:19
0

ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް މަންޓާ އެއާއިން ރާއްޖޭގެ ހަތަރު މަންޒިލަކަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ. މި ކުންފުނިން މިއަދު ހާމަކުރި ގޮތުގައި މާދަމާއިން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް އިތުރު ފްލައިޓުތައް އޮޕަރޭޓްކުރާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުތައް އިތުރުކުރާ މަންޒިލުތަކުގެ ތެރޭގައި ދ. ކުޑަހުވަދޫ، ބ. ދަރަވަންދޫ، ރ. އިފުރު އަދި ޅ. މަޑިވަރު ހިމެނެއެވެ. މި ދަތުރުތައް އޮޕަރޭޓްކުރާނީ އޭޓީއާރު 72-600 މަތިންދާބޯޓުގައެވެ.

މަންޓާ އެއާއިން ބުނާގޮތުގައި ފަސިންޖަރުންނަށް ކުންފުނީގެ ވެބްސައިޓް ނުވަތަ ބުކިންގ އެޖެންޓުން މެދުވެރިކޮށް ޓިކެޓު ގަނެވޭނެއެވެ. އީދު ސީޒަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރު ކުރާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން މި ފްލައިޓްތައް އިތުރުކޮށްފައިވާކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.