ޚާއްޞަ އަޅާލުން ބޭނުންވާ ކުދިންނަށް ހޭހަންކޮށްދިނުމުގައި ރައްޔިތުންނާއެކު މަސައްކަތްކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ

ޚާއްޞަ އަޅާލުން ބޭނުންވާ ކުދިންނަށް ހޭހަންކޮށްދިނުމުގައި ރައްޔިތުންނާއެކު މަސައްކަތްކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ

Author
ހުސައިން
21 މާރޗް 2025 10:46
0

ޚާއްޞަ އަޅާލުން ބޭނުންވާ ކޮންމެ ކުއްޖަކާއި އާއިލާއަކަށް ހޭހަންކޮށްދިނުމުގައި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އަތުގުޅާލައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޑައުންސިންޑްރޯމް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މި ވާހަކަ ފާހަގަކުރެއްވިއެވެ.

"އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހިންނަކީ ލާމަސީލު ނަމޫނާއެއް"

ރައީސް މުއިއްޒު ވިދާޅުވީ އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހިންނަކީ ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި މުޖުތަމައުގެ ޚާއްޞަ އަޅާލުމާއި ލޯބި ބޭނުންވާ ކޮންމެ ކުއްޖަކާއި އާއިލާއަކަށް ސަރުކާރުން އަޅާލާނެ ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.

ޑައުންސިންޑްރޯމް އަކީ ކޮބާ؟

ޑައުންސިންޑްރޯމްއަކީ ހަށިގަނޑުގައި އިތުރު ކްރޮމޮސޯމެއް ހުރުމުން ދިމާވާ ސިއްޙީ ހާލަތެކެވެ. މި ހާލަތު ހުންނަ ކުދިންގެ އެކި ސިއްޙީ މައްސަލަތަކާއި ސިކުނޑީގެ މައްސަލަތައް ހުރެއެވެ.

ރާއްޖޭގައި ޑައުންސިންޑްރޯމް ހުންނަ މީހުންގެ ސީދާ އަދަދެއް ނޭނގުނު ނަމަވެސް، އަންދާޒާކުރެވިފައިވާ ގޮތުގައި 100 އަށް ވުރެ ގިނަ މީހުން މި ހާލަތުގައި ރާއްޖޭގައި އުޅެއެވެ.

ބައިނަލްއަޤުވާމީ ޑައުންސިންޑްރޯމް ދުވަސް

ބައިނަލްއަޤުވާމީ ޑައުންސިންޑްރޯމް ދުވަހަކީ ކޮންމެ އަހަރެއްގެ މާރިޗު 21 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މަޤްޞަދަކީ ޑައުންސިންޑްރޯމް ހުންނަ މީހުންނާ މެދު ހޭލުންތެރިކަން އިތުރުކޮށް، އެމީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމެވެ.

ޑައުންސިންޑްރޯމް ހުންނަ މީހުންނަކީވެސް މުޖުތަމަޢުގެ ބައެއްގެ ގޮތުގައި ބަލައިގަނެ، އެމީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުމަކީ މި ދުވަހުގެ އެއް އަމާޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.