ރޯދައަށްފަހު ވެސް ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމަށް ޚުތުބާގައި ގޮވާލައިފި

ރޯދައަށްފަހު ވެސް ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމަށް ޚުތުބާގައި ގޮވާލައިފި

Author
ހުސެއިން
13 މާރޗް 2026 02:01
0

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ގުނާއިރު، ރޯދަ މަސް ނިމުނަސް ހެޔޮ އަމަލުކުރުން ހުއްޓައި ނުލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
ޚުތުބާގައި ބުނީ، ރަމަޟާން މަސް އަލްވަދާއު ވިޔަސް، ހެޔޮ އަމަލުކުރުމަށް ނިމުން އަންނާނީ ހަމައެކަނި މަރުވުމާ ހަމައިން ކަމަށެވެ. އަޅުކަން ކުރުމަކީ ވަކި މޫސުމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށާއި، ރަމަޟާން ފަދަ ދަނޑިވަޅުތަކަކީ ހެޔޮ ގޮތުގައި ބޭނުންހިފަން ލިބޭ ފުރުސަތެއް ކަމަށެވެ.
ފަސް ވަގުތު ނަމާދަށް ރައްކާތެރިވުމާއި، ކޮންމެ ދުވަހަކު ގުރުއާން ކިޔެވުން ދޫކޮށްނުލުމަށް ވެސް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. ކިތަންމެ ކުޑަ ކަމެއް ނަމަވެސް ހުއްޓައިނުލައި ކުރިއަށް ގެންދިއުމަށާއި، ގިނަގިނައިން ތައުބާވެ އިސްތިޣުފާރު ކުރުމަށް ހަނދާންކޮށްދިނެވެ.
ޚުތުބާގައި އިތުރަށް ބުނީ، ކުރެވޭ ހެޔޮ އަމަލަކުން ސުވަރުގެ ޔަޤީންވެއްޖެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ، ކުރެވުނު ޢަމަލު ﷲ ޤަބޫލުކުރެއްވުން އެދި ދުޢާ ކުރުމާއި، އެ ހެޔޮ ޢަމަލުތައް ދަމަހައްޓައިދެއްވުން އެދި ދުޢާ ކުރުން މުހިންމު ކަމަށެވެ. ޚުތުބާ ނިންމައިލީ، ހެޔޮ އަމަލުތައް ކުރުން މަތީ ދެމިތިބުމުގެ ތައުފީގު ދެއްވުމަށާއި ސުވަރުގެ ވަންތަވެރީންގެ ތެރެއިން ލެއްވުން އެދި ދުޢާ ކުރަމުންނެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.