ޝަމްޢާން ދިރިއުޅޭ ގެ ބަލާ ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ ފުލުހުން ގެންގޮސްފި

ޝަމްޢާން ދިރިއުޅޭ ގެ ބަލާ ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ ފުލުހުން ގެންގޮސްފި

Author
ހުސައިން
21 މާރޗް 2025 03:38
0

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުން އިއްޔެ ވަކިކުރެވުނު ޝައްމާން ވަހީދު ދިރިއުޅޭ ގެ ފުލުހުން ބަލައިފާސްކުރުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ހޯދައިފިއެވެ. ފުލުހުން ރޭ ބުނެފައިވަނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޝައްމާންގެ ގެއިން ފެނުނު ފައިސާގެ އަދަދު އަދި ހާމަވެފައެއް ނުވެއެވެ.

ޝައްމާންއަކީ އިމިގްރޭޝަންގައި 14 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމު އޭނާއަށް ދެއްވީ މިހާރުގެ ސަރުކާރުން 19 ނޮވެމްބަރު 2023 ގައެވެ. އެއީ 2022 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ޝައްމާން ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ނިންމައި، އަލުން ވަޒީފާ ރުޖޫޢަކޮށްދިނުމަށް އެންގުމަށްފަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.