ރައީސް މުއިއްޒު، ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ ރައްޔިތުންނަށް އަރިސްކުރައްވައިފި

ރައީސް މުއިއްޒު، ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ ރައްޔިތުންނަށް އަރިސްކުރައްވައިފި

Author
ހުސައިން
21 މާރޗް 2025 12:35
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ އަދި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ރައީސް މުޢިއްޒު ދެއްވި ދުޢާގައި، މާތްﷲ މި ބަރަކާތްތެރި ރޭތަކުގެ ހެޔޮ ދަރުމަޔާއި ސަވާބު އެންމެހައި ރައްޔިތުންނަށް ލެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި "ލައިލަތުލް ޤަދްރީގެ މަތިވެރި ނިޢުމަތް އަޅަމެން އެންމެނަށް ދެއްވުމަށް އެދި" ވެސް ދުޢާކުރައްވާފައިވެއެވެ.

ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ އިސްލާމީ ކަލަންޑަރުގައި އެންމެ މާތް ދުވަސްތަކެއްގެ ގޮތުގައި ބެލެވޭކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދުވަސްތަކުގެ މުހިންމުކަން އެމަނިކުފާނުގެ ދުޢާގައި ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ދުވަހުގައި ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މިއީ މުސްލިމުން މި ފަހު ދިހައިގައި އަޅުކަމަށް ވަގުތު ހޭދަކުރުމަށް ދިވެހި ސަރުކާރުން ދެއްވާ ޚާއްޞަ ލުޔެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.