ގެދޮރުވެރިޔާ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ގެދޮރުވެރިޔާ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ގުޅުންހުރި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިތުރުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނާ ގޮތުގައި، މުއްދަތު އިތުރުކުރަން ނިންމީ 20 މާރިޗުން ފެށިގެން 31 މާރިޗު އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީއެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ފްލެޓް ލިސްޓާ ގުޅިގެން މިހާތަނަށް ހުށަހަޅަމުންދާ ޝަކުވާތަކަށް ރިޢާޔަތްކޮށް އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

މުއްދަތު އިތުރުކުރުމާއެކު، ޝަކުވާ ހުށަހަޅާއިރު ބޭނުންވާ އިތުރު ތަފްސީލު ޕޯޓަލް މެދުވެރިކޮށް ލިޔުމުގެ ފުރުސަތު ވެސް މިހާރު ލިބެން އޮންނާނެއެވެ. އޭގެ އިތުރުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެރިފައިކުރުމުގެ މަރުޙަލާގައި ކަން ހިންގާފައިވާ ގޮތަށް ބަލައި، ވެރިފިކޭޝަންއަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ޝަކުވާތަކަށް ބަލައި، ސަރުކާރުގެ އިދާރާތަކުގައި ހުރި މަޢުލޫމާތުތަކުގެ ތެރެއިން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ބެލެންހުރި މަޢުލޫމާތުތައް ބަލައި، ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެފަދަ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެއެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް މި އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި އިތުރު ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ފެބްރުއަރީ 27 ވަނަ ދުވަހު އާންމުކުރިއިރު، ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވަނީ 1,820 މީހުންނަށެވެ. މި ލިސްޓުގައި 2,692 މީހެއްގެ ފޯމު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާއިރު، 424 ފަރާތެއްގެ ޕޮއިންޓްތަކަށް އައި ބަދަލާއެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން ވަނީ އުނިވެފައެވެ.

ފްލެޓް ލިސްޓް ނެރުމާއެކު، ލިސްޓް އެކުލަވާލުމުގައި މައްސަލަތައް ހުރިކަމަށް ބުނެ އާންމުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ