ރޯދަމަހުގެ ފުރަތަމަ 10 ދުވަހު އެކަނިވެސް ވައްކަމުގެ 147 މައްސަލަ ރިޕޯޓްކުރެވިއްޖެ

ރޯދަމަހުގެ ފުރަތަމަ 10 ދުވަހު އެކަނިވެސް ވައްކަމުގެ 147 މައްސަލަ ރިޕޯޓްކުރެވިއްޖެ

ގުޅުންހުރި

ރާއްޖޭގައި މިހާރު ހިނގަމުންދާ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ވައްކަމުގެ 147 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރެވިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

މިއަދު ފުލުހުން ނެރުނު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ކުށުގެ ތަފާސްހިސާބުގައި ބުނެފައިވާ ގޮތުގައި މި މުއްދަތުގައި ޖުމްލަ 692 މައްސަލައެއް ރިޕޯޓްކުރެވިފައިވާއިރު، 148 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓްކުރެވިފައިވަނީ އެކްސިޑެންޓްގެ 153 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކުރެވިފައިވަނީ ވައްކަމުގެ 147 މައްސަލައެވެ.

އެހެނިހެން މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ 110 މައްސަލައާއި، މަކަރާއި ހީލަތުގެ 70 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލައާއި، އަނިޔާގެ 40 މައްސަލައާއި، ބިރުދެއްކުމުގެ 38 މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން، ޖިންސީ ކުށުގެ 15 މައްސަލައާއި، ކުޑަކުދިންނަށް ކުރެވޭ އެކި ބާވަތުގެ އަނިޔާގެ 16 މައްސަލައާއި، ފޭރުމުގެ 8 މައްސަލައާއި، ފޯޖަރީގެ 8 މައްސަލައާއި، އަދި ސައިބަރ ކްރައިމްގެ 7 މައްސަލަވެސް ވަނީ ރިޕޯޓްކުރެވިފައެވެ.

ފުލުހުން ދެއްވާ މަޢުލޫމާތުގައި، މި ރަމަޟާން މަހުގައި ކުށްތައް މަދުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށާއި، ޚާއްޞަކޮށް ވައްކަމުގެ މައްސަލަތަކާ ގުޅިގެން ޢާންމުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ