ސަރުކާރުން ދަނީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލުތައް ހިންގަމުން: އެމްޑީޕީ

ސަރުކާރުން ދަނީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލުތައް ހިންގަމުން: އެމްޑީޕީ

ގުޅުންހުރި

ދިވެހިރާއްޖެ އަނެއްކާވެސް ހުދުމުހުތާރު ވެރިކަމުގެ ނިޒާމަކަށް އެނބުރިގެންދާތަން ފެންނަމުންދާކަމަށާއި، ސަރުކާރުން ދަނީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލުތައް ހިންގަމުން ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އިއްޔެ އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހުމުގެ މައްސަލަ އައިކު ކުށްވެރިކުރެއްވިއެވެ.

މަގުމަތީގައި އަޅުގަނޑުމެން ދައްކާ ވާހަކައެއްގެ ރައްދު ކަޅުތެލުން ދޭން ވެއްޖެއްޔާ މި ގައުމުގެ އެއްވެސް މީހެއްގެ ރައްކާތެރިކަމެއް ނޯންނާނެ ކަމަށާއި، މަންދީ ގަޔަށް ކަޅުތެޔޮ ޖެހުމަކީ ވަރަށް މުޑުދާރު، ހަޑި އަދި ފިނޑި އަމަލެއްކަމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ސިފަކޮށްފައި ވެއެވެ.

ތަހުގީގީ އިދާރާތަކުން އެމްޑީޕީ އެކްޓިވިސްޓުންނަށް ބިރުދައްކަމުންދާކަން ފާހަގަކޮށް، އެމްޑީޕީން ބުނެފައިވަނީ މާލޭގެ ހުރިހާ ފުލުސް ސްޓޭޝަނެއްގެ އިންޓެރޮގޭޝަން ރޫމްތައް ހުސްކުރެވިފައިވަނީ އިހުތިޖާޖުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ސުވާލުކުރުމަށް ކަމަށެވެ.

އެމްޑީޕީްނ ބުނެފައިވަނީ ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ ސީރިއަސް މައްސަލަތައް ބެލުމުގެ ބަދަލުގައި ފެނިގެން މިދަނީ ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ އަނބުރައިގެން އުޅޭތަން ކަމަށާއި، މިއީ ވަރަށް ބިރުވެރި ކަމެއްކަމަށެވެ. އަދި މިފަދަ ހަޑި ޢަމަލުތައް ހިންގުން ސަރުކާރުން ހުއްޓާލަން ޖެހޭކަމަށްވެސް އެމްޑީޕީން ގޮވާލާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ