ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލާގެ ފަރާތުން ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަން ނިންމައިފި އެވެ.
ނޫސްވެރީންގެ ބައްދަލްވުން އޮންނާނީ މިއަދު މެންދުރު އެކެއް ޖަހާއިރު އެވެ. ރައީސްގެ އާއިލާގެ ފަރާތުން ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަން މި ނިންމީ ރައީސްގެ ދޮށީ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓުން ދޮގު ވާހަކަތަކެއް ފަތުރަމުން ދަނިކޮށެވެ.
ސޯޝަލް މީޑިއާގައި ވަގު އެކައުންޓުތަކުން ވެސް ދަނީ އެފަދަ ދޮގު މައުލޫމާތުތައް ފަތުރަމުންނެވެ.