ރެސިޕީ 28: ހުދު ހަނޑު ބަތްޕެން

ރެސިޕީ 28: ހުދު ހަނޑު ބަތްޕެން

ގުޅުންހުރި

ހުދު ހަނޑުލުގެ ބަތްޕެނަކީ ޒަމާނުން ސުރެ ހާރު ކެއުމުގައި އެންމެ ކުރީގައި އޮތް އެއް ބާވަތެވެ. ކާބަފައިންގެ ޒަމާނުން ސުރެ ބަތްޕެން ފެވައިވަނި ހާރު ކެއުމުގައި ކޮންމެހެންވެސް ހިމަނަން ޖެހޭ އެއްޗަކަށް ވެފައިއެެވެ.

ބައްޕެން ކާއިރުގައި ހުސް ބަތްޕެން ނުވަތަ އެއަށް ކުޑަ ކާށި ކިރު އަދި ހަކުރު ކޮޅެއް އަޅައިގެން ވެސް ކެވިދާނެއެވެ. ނުވަތަ ހުހައި ވެސް ކެވިދާނެއެވެ. ބުނެވޭ ގޮތުގައި ބަތްޕެން ކެއުމުން ކަރުހިއްކުމަށް ކޮންމެވެސް ވަރަކަށް ލުއިއެއް ވެއެވެ.

ބޭނުން ވާނެ ތަކެތި:

މުށެއްގެ ހުދު ހަނޑު

5 ތަށި ފެން

3 އިންތިގެ ދެ ރާބާފަތް ކޮޅު

ތައްޔާރު ކުރާނެ ގޮތް:

ހަނޑު ކޮޅު ރަނގަޅަށް ދޮވެލުމަށްފަހު ފެން އަޅައި ކައްކަން އުދާށެވެ. އެއަށް ފަހު ފެންކޮޅު ދެބައިކޮށް އެއްބަޔަށް ވާވަރަށް ކެކެއްދެން މަޑުކޮށްލާށެވެ. އަވިން ހިއްކާފައި ހުންނަ ހަނޑުލުގައި ބައްޕަތް ކަންކަން ފަސޭހައެވެ. އެއަށް ފަހު ރާނބާ ފަތް ކޮޅު ލައި ދެމިނިޓް އެއްހައި އިރު ކައްކައިލާށެވެ. އޭރަށް ހުންނާނީ ބަތްޕެން ތައްޔާރު ވެފައިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ