ގދ. ފިޔޯރީގައި މޫދަށް ދާޖަހަން ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބިގެން މިއަދު ނިޔާވެއްޖެ

ގދ. ފިޔޯރީގައި މޫދަށް ދާޖަހަން ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބިގެން މިއަދު ނިޔާވެއްޖެ

Author
ހުސައިން
29 މާރޗް 2026 01:11
0

 

ގދ. ފިޔޯރީގައި މޫދަށް ދާޖަހަން ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބިގެން މިއަދު ނިޔާވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެރަށު ގަހާކޯޅި، އުމުރުން 79 އަހަރުގެ މުހައްމަދު ހުސައިންއެވެ. މިއަދު މެންދުރުފަހު 13:42 ހާއިރު މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާއިރު، އޭނާ ސަލާމަތްކޮށްގެން ފިޔޯރީ ސިއްހީ މަރުކަޒަށް ގެންދެވުނުއިރުވެސް ވަނީ ނިޔާވެފައެވެ. ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.