މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ބެންކޮކަށް ސީދާ ދަތުރުތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި މި ދަތުރުތައް ފަށާނީ 8 ޑިސެމްބަރު 2026ގައި ކަމަށާއި، ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު 19 ޖެނުއަރީ 2027ގެ ނިޔަލަށް ދަތުރުތައް ބާއްވާނެއެވެ. ދެކޮޅު ޓިކެޓެއްގެ އަގު ފެށެނީ 530 އެމެރިކާ ޑޮލަރުންނެވެ. އަދި ކޮންމެ ފަސިންޖަރަކަށްވެސް 25 ކިލޯގެ ލަގޭޖް އެލަވަންސެއް ލިބޭނެއެވެ.
ބެންކޮކްގެ ދަތުރުތަކުގެ އިތުރުން މޯލްޑިވިއަންއިން މިހާރުވެސް ދަނީ އިންޑިއާގެ އެކި މަންޒިލްތަކާއި، ބަންގްލަދޭޝް އަދި އޮސްޓްރޭލިއާގެ މެލްބަންއަށްވެސް އުދުހެމުންނެވެ.
ކޮމެންޓު ފޮނުވާ