ދ. އުއްދޫ ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ދ. އުއްދޫ ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ގުޅުންހުރި

ދ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވި ދ. އުއްދޫ، ޕިކްނިކް ދާ ރަށަކަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސިޓީތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ހާމަކުރެއްވި ގޮތުގައި، އުއްދޫ ދަތުރުދާ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭން ހެދުމަށްޓަކައި، އެ ރަށުގެ ޙާލަތު ދިރާސާ ކުރާނެ ޓީމެއް އިއްޔެ އެ ރަށަށް ޒިޔާރަތްކޮށްފައިވެއެވެ.

"ވަރަށް އަވަހަށް އެ ރަށް ދ. އަތޮޅު ރައްޔިތުންނަށް ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސާނަން" ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރި އުސޫލުން ބޭނުންކުރަމުން ދިޔަ ރަށެކެވެ. އެހެންނަމަވެސް، އެރަށުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެރަށް ވަނީ ސަރުކާރަށް އަނބުރާ ލިބިފައެވެ.

މިހާރު އުއްދޫ ހަވާލުކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ