ރައްތިތުންގެ މަޖިލިހަކީ ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ, ޑިމޮކްރަޓިކް އުސޫލުން މުޅި މުއައްސަސާ އިންތިޚާބުކުރާ ހަމައެކަނި ބާރު

ޓޫރިޒަމް ޤާނޫނަށް އިތުރު އިޞްލާޙު: ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމުގެ ފީ ދެވަނަ ފަހަރަށް ކުޑަކުރަނީ

ޓޫރިޒަމް ޤާނޫނަށް އިތުރު އިޞްލާޙު: ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމުގެ ފީ ދެވަނަ ފަހަރަށް ކުޑަކުރަނީ

ގުޅުންހުރި

ސަރުކާރުން އެންމެ ފަހުން ހުށަހެޅި އިޞްލާޙަކާ އެކު ޓޫރިޒަމް ޤާނޫނަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން މަޖިލީހަށް ހުށަހަޅައިފިއެވެ. ރާއްޖެއަށް ބޭރު ފައިސާ އިތުރުކުރުމުގެ މަޤްޞަދުގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ނަގާ ފީ ކުޑަކުރުމަށް ތިމަރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ރިޔާޒް މަޖިލީހަށް ހުށަހެޅުއްވިއެވެ.

އިއްޔެ ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މި ބިލު ހުށަހެޅުމާއެކު، އެއްވެސް ދުވަހެއް ނުދީ އަވަސް މިނެއްގައި ބިލުގެ ބަހުސް ވެސް ފެށިގެން ދިޔައެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލުގެ ބަހުސް ނިންމައި ބަލައިގަތުމަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ.

ހުށަހެޅިފައިވާ އިޞްލާޙުގެ ދަށުން ރިސޯޓުތަކުގެ މުއްދަތު 49 އަހަރަށް އިތުރުކުރާނަމަ ދައްކަންޖެހޭ 10 މިލިއަން ޑޮލަރުގެ ފީ 5 މިލިއަން ޑޮލަރަށް ކުޑަކުރެވޭނެއެވެ. މީގެ އިތުރުން 20 އަހަރަށް މުއްދަތު އިތުރުކުރާނަމަ 2.5 މިލިއަން ޑޮލަރު އަދި 25 އަހަރަށްނަމަ 3 މިލިއަން ޑޮލަރަށް ފީ ބަދަލުވާނެއެވެ. މި ލުއި ތަންފީޒުކުރުމަށް ބިލުގައި ހިމަނާފައިވަނީ ބިލު ފާސްކުރާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އޮގަސްޓު މަހުގައިވެސް މިފަދަ ލުއިތަކެއް ސަރުކާރުން ދީފައިވާއިރު، އެ ލުއި ތަންފީޒުކުރުމަށް ދިން ހަ މަސްދުވަހުގެ މުއްދަތު ހަމަވީ ފާއިތުވި މަހުގެ 29 ވަނަ ދުވަހުއެވެ. ކޮވިޑް-19ގެ ދުވަސްވަރުގައިވެސް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިފަދަ ފީތައް ދެ އަހަރުގެ މުއްދަތަށް ކުޑަކޮށްފައިވެއެވެ.

މި ބިލުގައި ހިމެނޭ އަނެއް މުހިންމު އިޞްލާޙަކީ މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް ޓޫރިޒަމް ބޭނުމަށް ތަރައްޤީކުރެވޭ ސަރަޙައްދު ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމެވެ. މިއާއެކު ލާމަރުކަޒީ ޤާނޫނުގައި ބަޔާންކުރާ ގޮތުން، ރަށެއްގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށެއް ޓޫރިޒަމަށް ތަރައްޤީކުރާނަމަ، އެ ފަޅުރަށެއް އެ ކައުންސިލްގެ އިޚްތިޞާޞްއިން ވަކިވެގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ