ހުޅުމާލޭގައި ހިނގި މާރާމާރީއަކާއި ގުޅިގެން ދެ ކުއްޖަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިނގި މާރާމާރީއަކާއި ގުޅިގެން ދެ ކުއްޖަކު ހައްޔަރުކޮށްފި

Author
ހުސައިން
12 މާރޗް 2025 10:41
0

ހުޅުމާލެ 2 ގައި ހިނގި މާރާމާރީގެ މައްސަލައެއްގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ރޭ މަޢުލޫމާތު ދީފިއެވެ. އަދި މި ހާދިސާއާ ގުޅިގެން އިތުރު ހަތަރު ކުއްޖަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ހުޅުމާލެ 2 ގައި ރޭ 10:00 ހާއިރު 18 އަހަރުން ދަށުގެ ކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

މި މާރާމާރީގައި އެއް ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް ފާހަގަކުރެވުނު ނަމަވެސް، އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ފަރާތުން އެންގެވި ގޮތުގައި މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން ގެންދަނީ އެމް.ޕީ.އެސްގެ ކަމާގުޅޭ ޑިޕާޓްމަންޓުންނެވެ. ނަމަވެސް މިވަގުތަށް އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.