ރައްތިތުންގެ މަޖިލިހަކީ ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ, ޑިމޮކްރަޓިކް އުސޫލުން މުޅި މުއައްސަސާ އިންތިޚާބުކުރާ ހަމައެކަނި ބާރު

ހުޅުމާލެއިން އެމްއެމްއޭއަށް ބިން ވިއްކުމުގެ މައްސަލަ މަޖިލީހުން ބަލައިނުގަތް

ހުޅުމާލެއިން އެމްއެމްއޭއަށް ބިން ވިއްކުމުގެ މައްސަލަ މަޖިލީހުން ބަލައިނުގަތް

ގުޅުންހުރި

ހުޅުމާލެއިން އެމްއެމްއޭއަށް ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދު ބަލައިނުގަންނަ ކަމަށް ނިންމަވާފައެވެ.

ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި މި ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމެވީ، މައްސަލައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަނުވާ ކަމަށާއި، ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެއެވެ.

ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން މަސައްކަތްކުރަނީ އެޗްޑީސީގެ ދަށުގައިވާ ހުޅުމާލޭގެ ބޮޑު ބިމެއް، 14 ބިލިއަނާއި 15 ބިލިއަން ރުފިޔާއަށް އެމްއެމްއޭއަށް ވިއްކުމަށެވެ. މި މަޝްވަރާތައް ސަރުކާރުން ކުރަމުން އަންނައިރު، އާދިއްތަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކޮށް މިކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައިކަމަށް ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.

ނިއުޝާދުގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވަނީ، މިފަދަ ގޮތަކަށް މަރުކަޒީ ބޭންކަށް ފައިސާ އިންޖެކްޓްކުރުމަކީ ފައިސާ ޗާޕުކުރުން ކަމަށާއި، މީގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު މަތިވެ، ރާއްޖޭގެ މުދަލާއި ޚިދުމަތުގެ އަގުތައް ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕުކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާއެކުގައެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެއްވެސް ބަޔާނެއް ދެއްވާފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ވެސް ވަނީ ފައިސާ ޗާޕުކުރުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ