މާލޭގައި ހިންގަން އުޅުނު ހާއްސަ އޮޕަރޭޝަނާ ގުޅޭ ބަޔާން ފުލުހުން އަނބުރާ ގެންގޮސްފި

މާލޭގައި ހިންގަން އުޅުނު ހާއްސަ އޮޕަރޭޝަނާ ގުޅޭ ބަޔާން ފުލުހުން އަނބުރާ ގެންގޮސްފި

Author
ހުސައިން
10 މާރޗް 2025 11:33
0

މާލޭ ސަރަހައްދުގައި ގައުމީ ސަލާމަތަށް ހާއްސަކޮށް ހިންގާ އޮޕަރޭޝަނެއްގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާނެ ކަމަށް ބުނެ އިއުލާން ކުރި ބަޔާން ފުލުހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

މިރޭ ގައުމީ ސަލާމަތަށް ހާއްސަކޮށް މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި ކަމަށް ބުނެ ފުލުހުން އެކްސް މެދުވެރިކޮށް ހިއްސާކުރި ބަޔާން ވަގުތީ ގޮތުން އުވާލައިފި ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދެއެވެ. މި ބަޔާން މިހާރު ވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ޑިލީޓްކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އެ ބަޔާން އަނބުރާ ގެންދިޔައީ "ބައެއް ނާޒުކު ތަފްސީލުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ދާތީ" އެވެ. ސައްހަ އަދި އިތުބާރު ހިފޭ މައުލޫމާތެއް ފޯރުކޮށްދިނުމަށް ފުލުހުންގެ ހިދުމަތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ތަފްސީލް ކަށަވަރު ކުރެވޭހާ އަވަހަކަށް އިތުރު އަޕްޑޭޓްތައް މީޑިއާއާ ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކުރިން ޝާއިޢުކުރި ބަޔާނުގައި ފުލުހުން ބުނެފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭގެ ވަގުތެއްގައި މާލޭ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނާނެ ކަމަށެވެ. މިއީ ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް އެ ބަޔާނުގައި ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.