އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ޝިޔާމް އިބްރާހިމް މަޤާމުން ވަކިކޮށްފި

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ޝިޔާމް އިބްރާހިމް މަޤާމުން ވަކިކޮށްފި

Author
ހުސައިން
10 މާރޗް 2025 09:49
0

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.

މި ނިންމުން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. އެހެންނަމަވެސް، ޝިޔާމް މަޤާމުން ވަކިކުރެއްވި ސަބަބެއް ޕީސީބީން ހާމަކުރައްވާފައެއް ނުވެއެވެ.

ޝިޔާމްއަކީ އެމްޕީއެލްގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާގެ ދިގު މުއްދަތުގެ ޚިދުމަތަށްފަހު ކުއްލިއަކަށް މަޤާމުން ވަކިކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށާފައިވެއެވެ.

މިހާރު އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވީ ޗެއާޕާސަން އާމިނަތު ހަމީދާއި، ބޯޑު މެންބަރުންގެ ގޮތުގައި އަޙްމަދު އިލްޔާސް، އަޙްމަދު ނިޔާޒު، އަޙްމަދު ފަހީމު އަދި ސީއީއޯ މުޙައްމަދު ރިޝްވާނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.