ސައިކަލަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވޭ

ސައިކަލަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވޭ

Author
ހުސައިން
09 މާރޗް 2025 12:41
0

ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ވެލި ބަރުކޮށްގެން ދިޔަ ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ވިރޭ 21:00 ހާއިރު ބޮޑުތަކުރުފާނު މަގުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިގޮތުގައި ސައިކަލު ދުއްވަން އިން ފަރާތް ކަހާލައިގެން ގޮސް ލޮރީގައި ޖެހުމުން އޭނާ ލޮރީ ދަށުގައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

ވީޑިއޯގައި ފެންނަ މަންޒަރުން އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ހީވިނަމަވެސް، މީޑިއާ އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި އޭނާގެ ގައިމަތިން ލޮރީ ގޮސްފައި ނުވާކަމަށާއި، ސައިކަލު ކަހާލައިގެން ގޮސް ޖެހުމުން ލޮރީ ދަށަށް ވެއްޓުނީކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.