ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދާ ރިންގް ރޯޑް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަހަރު ނިމުމުގެ ކުރިން އެމްޓީސީސީން ނިންމައިފިއެވެ.
ޏ. ފުވައްމުލައް ރިންގް ރޯޑު މަޝްރޫޢު މަސައްކަތް ނިނާލާފައިވަނީ އިއްޔެ އެވެ. ފުވައްމުލަކު ރިންގް ރޯޑު ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗުމަހުގެ 27 ވަނަ ދުވަހުއެވެ. އަދި ރިންގް ރޯޑު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 17 ވަނަ ދުވަހުއެވެ.
ޏ. ފުވައްމުލައް ރިންގް ރޯޑު މަޝްރޫޢު 30 ޑިސެމްބަރ 2020 ވަނަ ދުވަހު ނިމިއްޖެ. މި މަޝްރޫޢަކީ 37.19 މިލިއަން ރުފިޔާގެ މަޝްރޫޢެއް. pic.twitter.com/ZOOyNnhwY0
— MTCC Plc (@MTCCPlc) December 31, 2020
މި މަސައްކަތުގެ ދަށުން ފުވައްމުލަކު ނައިބުތުއްތު ހިނގުމުގެ 20،650 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، 144 ލެޑް މަގުބައްތި ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއްވެސް މި މަޝްރޫޢުގެ ދަށުން އިންސްޓޯލްކުރެވިގެންދާނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 37.19 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ