މިފްކޯއިން މަސްވެރިންނަށް 4.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިފްކޯއިން މަސްވެރިންނަށް 4.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ގުޅުންހުރި

މިފްކޯއިން މަސްވެރިންނަށް 4.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މިފްކޯއިން ވިދާޅުވީ މާރޗް 5 ވަނަ ދުވަހު ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް މިއަދު ހެނދުނު 10:30 އާއި 12:30 ދެމެދު ފައިސާ ޖަމާ ކޮށްފައިވާ ކަމަށެވެ. އަދި އެހެން ބޭންކް ޓްރާންސްފާތައް ޖެހިގެން އަންނަ ބޭންކިން ހިދުމަތް ހުޅުވާ ދުވަހު ކްލިއާ ކުރެވޭނެ ކަމަށްވެސް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ހަތަރު ވަނަ ދުވަހު 43 ދޯންޏަކުން މަސް ކިރާފައިވާ ކަމަށް މިފްކޯއިން ވިދާޅުވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 4,849,822.12 ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިފްކޯއަށް ކިރާ މަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުތެރޭ ފައިސާ ދެމުންދާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މަސް ކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އެގޮތުން މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ.

މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ވެސް ތެޔޮ ވިއްކައެވެ. އަދި އެ ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ދަނީ ކަނޑަމުންނެވެ.

މަސްވެރިންގެ އަދި މަސްވެރި ސިނާޢަތުގައިހުރި ޒަމާންވީ ބޮޑެތި ގޮންޖެހުންތަކަށް ރައީސް ގެންދަވަނީ ޖުމްލަ ހައްލުތަކެއް ހޯއްދަވައި ދެއްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ