ރޯދަ ފަރުޟުކުރައްވާފައިވަނީ ތަޤުވާވެރިކަން ހާސިލްކުރުމަށްޓަކާ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ރޯދައިގެ ޙިކުމަތް" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ ރޯދައިގެ ހިކުމަތުގެ ތެރޭގައި އެތައްކަމެއް އިލްމުވެރިން ބަޔާން ކުރައްވާފައިވާ ކަމުގައެވެ. އެގޮތުން އެ ހުރިހާ ކަމަކީވެސް ތަގުވާވެރިކަން ހާސިލްކޮށްދޭކަންކަން ކަމުގައި ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ ރޯދައިގެ ޚިކުމަތުގެ ތެރޭގައި ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭކަމުގައެވެ.
އަޅާ ރޯދައަށް ހުންނައިރު ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން އޭނާގެ ނަފްސު ހިފަހައްޓައެވެ. ﷲ ތައާލާ އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިއުމަތްތަކާއި ކުޑަ ވަގުތުކޮޅަކަށްވެސް ދުރުހެލިނުވެ އެ ނިއުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވެއެވެ.
ޚުޠުބާގައި ވިދާޅުވީ ވަރަށް ގިނަ ފަހަރަށް ނިއުމަތްތަކުގެ އަގު ވަޒަން ކުރެވެނީ އެ ނިއުމަތްތައް ބީވެ ދިއުމުން ކަމަށާއި، ރޯދައިގެ ސަބަބުން ﷲ ތަޢާލާ އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުވަފަހިވާ ކަމުގައެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބާގައި އަވައްޓެރީންނަށް ކަމޭހިތުމާއި ނިކަމެތީންނަށް ހެޔޮ ފޯރުކޮށް ދިނުމާއި ފަގީރުންގެ ހާލުބަލާ އުޅުމުގެ މަތިވެރި އާދަ އަށަގަންނަ ކަމުގައިެވސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ ހަރާމް ކަންކަމުން ރޯދަވެރިޔާ ދުރުހެލިވުން ވެސް ރޯދައުގެ ޙިކުމަތުގެ ތެރޭގައި ހިމެނޭ ކަމުގައެވެ.
ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ އަޒާބުން މިންޖުވުމަށްޓަކާ ހަލާލު ކާބޯތަކެއްޗާއި، އޭނާއަށް ހަލާލު ކުރައްވާފައިވާ އަނބިފިރިކަމުގެ ގުޅުމާއި ދުރުހެލިވެ އުޅުމަށް އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބެއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.