ބީ.ސީ.ޖީ ވެކްސިންގެ ދަތިކަން ހައްލުކުރުމަށް އިންޑިޔާއިން ވެކްސިން ފޯރުކޮށްދީފި

ބީ.ސީ.ޖީ ވެކްސިންގެ ދަތިކަން ހައްލުކުރުމަށް އިންޑިޔާއިން ވެކްސިން ފޯރުކޮށްދީފި

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 04:30
0

ދިވެހިރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްއަށް ދިމާވެފައިވާ ބީ.ސީ.ޖީ ވެކްސިންގެ ދަތިކަން ފޫބެއްދުމަށްޓަކައި، ދިވެހި ސަރުކާރުގެ އެދިލެއްވުމުގެ މަތިން، އިންޑިއާ ސަރުކާރުން ވަނީ ބީ.ސީ.ޖީ ވެކްސިންގެ 2400 ވައިލް ދިވެހިރާއްޖެއަށް ފޮނުވައިދެއްވާފައެވެ.

މި ވެކްސިންތައް މިއަދުގެ ވަގުތެއްގައި ދިވެހިރާއްޖެއަށް ފޯރާނެއެވެ. ބީ.ސީ.ޖީ ވެކްސިންއަކީ ޓީބީ ބަލިން ދިފާއުވުމަށްޓަކައި ތުއްތުކުދިންނަށް ދެވޭ ވެކްސިނެކެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި، ދިއްލީ ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަން، އަދި މުމްބާއިގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް އާއި ގުޅިގެން ވެކްސިންގެ މި ޝިޕްމެންޓް ހޯދާ ރާއްޖެއަށް ޑިސްޕެޗް ކުރުން ކޯޑިނޭޓް ކޮށްފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ފަރާތުންނެވެ.

ސިއްހީ ދާއިރާގެ އެއްބާރުލުމަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ދުވަސްވީ ގާތް ގުޅުމުގެ މުހިންމު އެއް ތަނބެވެ. އެގޮތުން އިންޑިއާ އިން ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް މީސްލްސް – ރުބެއްލާ ވެކްސިންގެ 30،000 ޑޯޒް ރާއްޖެއަށް ފޯރުކޮށްދީފައެވެ. އަދި ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދެގައުމުގެ މެދުގައިވާ ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަވެ، އެތައް ގޮތަކުން ވަނީ ރާއްޖެއަށް އެހީ ފޯރުކޮށްދެވިފައެވެ.

އެގޮތުން މާރިޗު 2020 ގައި އިންޑިއާއިން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުމަށް ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ހާއްސަ ޓީމެއް ރާއްޖެއަށް ފޮނުވާފައެވެ. އަދި އޭޕްރިލް 2020 ގައި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓްއެއް ގެނެސްދެވި، 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ 4 ޝަހަރަކުން ވަނީ އިންޑިއަން އެއާ ފޯސް މެދުވެރިކޮށް ގެނެސްދެވިފައެވެ. އަދި އޮގަސްޓް 2020 އިން ފެށީގެން އިންޑިއާއިން ވަނީ ދިވެހިންނަށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދީފައެވެ. މީގެ އިތުރުން ދިވެހި ސިއްހީދާއިރާގައި މަސައްކަތް ކުރާ އޮފިޝަލުންނަށް އެކި އޮންލައިން ތަމްރީން ޕްރޮގްރާމްތައް ވަނީ ހިންގިފައެވެ.

ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން، އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ދީލަތި އަދި އަވަސް އެހީ ފޯރުކޮށްދީފައެވެ. އަދި ބޮޑު ވަޒީރު ނަރޭންދްރަ މޯދީ އާއި ރައިށް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑާޝިޕްގެ ދަށުން، އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ އިހްތިރާމާއި، އިތުބާރުން ފުރިފައިވާ ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.